ކައުންސިލްގެ ތަޢާރަފް

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ ތިންވަނަ ބާބުގެ 6 ވަނަ މާއްދާގެ (ހ) ގައި ވާ " މިޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ އިދާރީ ދާއިރާއެއް ހިންގަންވާނީ މިޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އެ އިދާރީ ދާއިރާ ހިންގުމަށް އިންތިޚާބުކުރާ އަތޮޅުކައުންސިލުންނެވެ" މިހެން ބަޔާންކޮށް އެކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާތަކަކީ ކިނބިދޫ، ތިމަރަފުށި، ގުރައިދޫ އަދި ވިލުފުށީ ދާއިރާ އެވެ.


އަތޮޅުކައުންސިލްގެ ޢުމުރަކީ އިންތިހާބުވީ ތާރީޚުން ފެށިގެން 3 އަހަރު ދުވަހެވެ. މިގޮތުން ލާމަރުކަޒީ ޤާނޫނުގެ ދައުރަށް 03 ޖޫން 2017ން  އިންތިހާބުވެފައިވަނީ ތިރީގައި މިވާ ފަރާތްތަކެވެ.


ތިމަރަފުށި ދާއިރާގެ މެމްބަރު: ރިޟްވާން ޢަބްދުﷲ (ކައުންސިލްގެ ރައީސް )
ކިނބިދޫ ދާއިރާގެ މެމްބަރު : އިސްމާއިލް ހަނީފް (ކައުންސިލްގެ ނައިބްރައީސް )
ވިލުފުށި ދާއިރާގެ މެމްބަރު: މޫސާ މުސްޠަފާ ( ކައުންސިލަރ )

ގުރައިދޫ ދާއިރާގެ މެމްބަރު: އާދިލް އިބްރާހީމް ( ކައުންސިލަރ )