ކޮޅުމަޑުލުގައި ޕީ.ޖީ އޮފީހުގެ ގޮތްފެއް ޤާއިމް ކުރަނީ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް ތ. އަތޮޅުގައި ޤާއިމުކުރުމަށް މަޝްވަރާކޮށް އޮފީސް ހަދާ ޢިމާރާތް ބައްލަވައިލެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ތ. އަތޮޅަށް ޒިޔާރަތް ކުރައްވައިފިއެވެ. 2018 އޮކްޓޯބަރ 21 ވީ އާދިއްތަ ދުވަހު ކުރެއްވި މިޒިޔާރަތުގައި އަތޮޅު ކައުންސިލާއި ތ. އަތޮޅު ޕޮލިސް ސްޓޭޝަނާއި އަދި އަތޮޅުގެ ބައެއް މެޖިސްޓްރޭޓުންނާއި ބައްދަލުކުރެއްވިއެވެ. އަދި ޢޮފީސް ހެދުމަށް ބޭނުންވާ ޢިމާރާތް ބައްލަވާލައްވާ ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮފި ޤާއިމްކުރުމަށް ބޭނުންވާ ޢިމާރާތް ދެނީ ހިލޭ ސާބަހަށް އަތޮޅު ކައުންސިލުންނެވެ.

ފެކްޓްސް

ހުރިހާރަށްތަކެއް އަތޮޅުގެ ވަށައިގެންވާ ހަމައެކަނި އަތޮޅު (ތ)